
އާދެ އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހި ރާއްޖެއަކީ ކުޑައެއްކަމަކު ފިސާރި ދިގު، ފުރިހަމަ، ޝަރަފުވެރި އަދި ކިއެއްތޯ ޢިބުރަތުން ފުރިފައިވާ ތާރީޚެއް ލިބިފައިވާ ގައުމެކެވެ. މާޒީގެ ސަފުހާތަކުން ލިބިދެނިވި ފިލާވަޅުތަކާ ކާބަފައިންގެ މިއްނެތް މަސައްކަތުން މިކުޑަ ކުޑަ ވަތަން މިނިވަން ކަމާއެކު އަޅުގަންޑުމެންނަށް ﷲ ގެ ރަހްމަތުން މިވަނީ ފޯރާފައެވެ.
ނަމަވެސް މިދަންނަވާލެވުނު ޝަރަފުވެރި ތާރީޚުގައި ވެސް ޣައްދާރުނާއި މުޖުރިމުން މިގައުމަށް ދިން އަނީޔާގެ ކަޅު ސަފުހާތަށް އެބަހުޓެވެ. ވެރިކަމުގެ ބޭނުމުގައި ދައުލަތް ވިއްކާލި ދެބޭން ކަނޑު ފެއްތި ވާހަކައާއި ދީންބަދަލުކޮށް ވެރިކަން ހޯދަން އުޅެނިކޮއް ބޮންޑި ބޮވުނު ވާހަކައާއި ކުލީ ސިފައިން ގޮވައިގެން އައިސް އުމުރަށް ޖަލައް ހުކުމް ކުރި ވާހަކަތަކުގެ ކަޅު ސަފުހާތަށް މަދެއް ނޫނެވެ.
މިވާހަކަތައް ނޭންގޭ، ކުފޫ ހަމަނުވާ ޅަކުއްޖަކު، ނުވަތަ "ބުއްޅަބެޔަކު" ވެރިކަމަށް އެރުވީމާ ކޮރަކަށްލި ދުވާހެން ފަރާއް ފަރާތަށް ދުވެދުވެ ގޮތްހުސްވެގެން އުޅޭތަން ފެންނާއެވެ. ތާރީޚުން ކާބަފައިން ދެއްވި މަތިވެރި ފިލާވަޅުތަކުން ފާސް ނުވެ. ގައުމުން ބޭރުގައި ހޭކި ހޭކިފައި ގައުމާ ގައުމުގެ ދީނުގެ އަދުއްވުން މާރަނގަޅުކަމަށް ފެނިގެން ގޮތްފުޅަންގެހެން މިފުމޭން ފެށީ މޮޅުވާނެ ކަމަށްހިތައެވެ.
މިދިވެހި ރާއްޖެއަށް އެހީދޭން އުޅުއްވާ ޔޫރަޕު ދޮންކުދިން ދެއްވަން ވަޢުދުވި 300 މިލިޔަން ޑޮލަރުވެސް މިހާރަކު ނެތެވެ. ޑޮލަރު ރޭޓުވެސް ދައްވެގެން އަޅުގަންޑުމެން މިހާރު ޑޮލަރު ނުވެސް ގެންގުޅެމެވެ. އެދުމެއް ނެތި ވެދުން ކުރާނެނަމަ މިހާރު ހުނާނީ ކޮއްފައެވެ. އެންމެ ފަހުން އަޅުގަނޑުމެންގެ ސަރުކާރުން އެހީ ހޯދަން ޔޫރަޕަށް ގޮސް ދީން ވިއްކާ އިސްލާމް ދީނޭ ފަޅޮލޭ ބުނީމާ ޖަވާބުގައި އޮތީ ދިވެހި ރާއްޖޭގައި ފައްޅިއެއް އެޅީމާ ފައިސާ އޮހޭނެއޭ މިހެންނެވެ. ދެން ޖެހުނީ ވަހީދު އަރިބިކަރައިގެ ވައްހާބިން ކާރިޔަށް ފޮނުވާށެވެ. ވައްހާބީން ތުންބުޅި ނެތަސް އެހީދޭކަން މިދުނިޔެ ވެސް ހެކިވެއެވެ. ބުނާތީއެހީމެވެ، މިދިވެހި ރާއްޖެ ސުނާމީގަ ހާލުގަޖެހުމުން ވެސް އެންމެ ފުރަތަމަ އެހީވީ ވައްހާބީ ސައުދީ އަރަބިއްޔާއިންނެވެ. އެކަމު އެލިބުނު އެހީވެސް ކުރީގެ ސަރުކާރުން ވިއްކާން އުޅުނެވެ.
ތާރީހުން ފެންނާންއޮތީ ބޭރު މީހުން އެރީމާ ކޮންމެ ގައުމެއްގައި ވެސް އެމީހުން ހާވާ ހަޑިއެވެ. ހާއްސަކޮށް ޔޫރަޕު ދޮންކުދިން ގެންނަ ޔަހޫދީ މަޅިތަކެވެ. ދަރިންގެ ދަރިން ވެސް އަޅުވެތި ވާނޭހެން މަޝްރޫތަކާއި ޕްރޮޖެކްޓުތައް ދީގެން އެތަން ބަލާކަށް ދިވެހިން ނުތިބޭނެއެވެ. ދޮން ކުދިން އެހީ ނުދިނަސް މިދިވެހިން އުޅޭނެއެވެ. މިވީހާތަނަށް ވެސް އުޅުނީއެވެ. ތަރައްގީވެސް ކުރީއެވެ. ކުރީގެ ސަރުކާރުން ލާރިގަންޑު ކޭއިރު ވެސް ރައްޔިތުން ގައުމު ތަރައްގީކުރިއެވެ. މިހާރުގެ ސަރުކާރުން ބަނޑުނާޅަންޔާ މާރީއްޗަށް ވެސް ތަރައްގީ ކުރެވޭނެއެވެ.
ކާބަފައިން ބުނީ ތެދެކެވެ. ބާޣީ ޢާއިލާއަކުން ނުކުންނާނީ ވެސް ބާޣީއެލެވެ.
ހަރުފަ ހޮރަކުން ނުކުންނާނީ ހަރުފަތާއެވެ.
No comments:
Post a Comment