ޑރ. ޔާމީން ރަޝީދް އާއި އެމަނިކުފާނުގެ ދެ(2) އަބިކަންބަލުން
ޑރ. ޔާމީން ރަޝީދް އަކީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް ދީނީ އަދި ފަލްސަފާ ޢިލްމުވެރިޔާއެވެ. ޑރ.ޔާމީން ރަޝީދު ނާސަރީ ތަޢުލީމު ހާސިލް ކުރެއްވީ ކ.ގުރައިދޫ ފަޅުމަތީ ސުކޫލްއިންނެވެ. އެއްފަހު ފަށައިގަންނަ ތަޢުލީމު ހާސިލް ކުރެއްވީ ކ.މާފުށީ ހޭޅިފައް އެންޑް ގޮންޑުދޮތް ސްކޫލް އިންނެވެ. މެދުމަދަރުސީ ތައުލީމު ހާސިލް ކުރެއްވީ ވަކަރުގެއިންނެވެ. އެއްފަހު ސާނަވީ ތަޢުލީމު ހާސިލް ކުރައްވާފައި ވަނީ މާރުކޭޓު ގަސްދޮށު ސުކޫލުންނެވެ. މަތީ ސާނަވީ ތައުލީމަތް މަސައްކަތް ކ.މާލޭ ބަންދަރުމަތީ ސުކޫލުން ނެވެ. އެއް ފަހު ކޯހެއް ގައި މަތީ ތަޢުލީމު ހޯއްދެވުމަށް އިންޑިޔާގެ މައިސޫރަށް ވަޑައިގަންނަވާ އެތަނުގެ ބުދިސްޓު އެންޑު ރަބިޝް ޔުނިވާރސިޓީން ގުރެޖުއޭޓު ވެވަޑައިގެން މަސައްކަތުގެ ތަޖުރިބާ ހޯއްދެވުމަށް ކ. ދޫނިދޫ ގައި ދެ(2) އަހަރެއްހާ ދުވަސް ހޭދަކުރެއްވިއެވެ.
ޑރ. ޔާމީން ރަޝީދް ވަކަރުގޭގައި ތަޢުލީމް ހާސިލް ކުރެއްވި ދުވަސްވަރު
ޑރ. ޔާމީން ރަޝީދަކީ ދުނިޔެ ނުދެކޭވާރުގެ ދީނީ އަދި ފަލްސަފާގެ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ ސިކުންޑިފުޅުގެ ފުރިހަމަކަމުން އެމަނިކުފާނަށް ހުންނަނީ ހުރިހާ ކަމެއްވެސް ވިސްނިވަޑައިފައެވެ. އެމަނި ކުފާނަށް އެކަމަކީ ރަނގަޅު ކަމަކަށް ފެނިވަޑައި ނުގަންނަވަންޔާ އެއި ކޮންމެ ކަމަކައްވިޔަސް ރަންގަޅެއް ނުވާނެއެވެ.



