Tuesday, April 13, 2010

ޑރ. ޔާމީން ރަޝީދް


ޑރ. ޔާމީން ރަޝީދް

ޑރ. ޔާމީން ރަޝީދް އާއި އެމަނިކުފާނުގެ ދެ(2) އަބިކަންބަލުން

ޑރ. ޔާމީން ރަޝީދް އަކީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް ދީނީ އަދި ފަލްސަފާ ޢިލްމުވެރިޔާއެވެ. ޑރ.ޔާމީން ރަޝީދު ނާސަރީ ތަޢުލީމު ހާސިލް ކުރެއްވީ ކ.ގުރައިދޫ ފަޅުމަތީ ސުކޫލްއިންނެވެ. އެއްފަހު ފަށައިގަންނަ ތަޢުލީމު ހާސިލް ކުރެއްވީ ކ.މާފުށީ ހޭޅިފައް އެންޑް ގޮންޑުދޮތް ސްކޫލް އިންނެވެ. މެދުމަދަރުސީ ތައުލީމު ހާސިލް ކުރެއްވީ ވަކަރުގެއިންނެވެ. އެއްފަހު ސާނަވީ ތަޢުލީމު ހާސިލް ކުރައްވާފައި ވަނީ މާރުކޭޓު ގަސްދޮށު ސުކޫލުންނެވެ. މަތީ ސާނަވީ ތައުލީމަތް މަސައްކަތް ކ.މާލޭ ބަންދަރުމަތީ ސުކޫލުން ނެވެ. އެއް ފަހު ކޯހެއް ގައި މަތީ ތަޢުލީމު ހޯއްދެވުމަށް އިންޑިޔާގެ މައިސޫރަށް ވަޑައިގަންނަވާ އެތަނުގެ ބުދިސްޓު އެންޑު ރަބިޝް ޔުނިވާރސިޓީން ގުރެޖުއޭޓު ވެވަޑައިގެން މަސައްކަތުގެ ތަޖުރިބާ ހޯއްދެވުމަށް ކ. ދޫނިދޫ ގައި ދެ(2) އަހަރެއްހާ ދުވަސް ހޭދަކުރެއްވިއެވެ.

ޑރ. ޔާމީން ރަޝީދް ވަކަރުގޭގައި ތަޢުލީމް ހާސިލް ކުރެއްވި ދުވަސްވަރު

ޑރ. ޔާމީން ރަޝީދަކީ ދުނިޔެ ނުދެކޭވާރުގެ ދީނީ އަދި ފަލްސަފާގެ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ ސިކުންޑިފުޅުގެ ފުރިހަމަކަމުން އެމަނިކުފާނަށް ހުންނަނީ ހުރިހާ ކަމެއްވެސް ވިސްނިވަޑައިފައެވެ. އެމަނި ކުފާނަށް އެކަމަކީ ރަނގަޅު ކަމަކަށް ފެނިވަޑައި ނުގަންނަވަންޔާ އެއި ކޮންމެ ކަމަކައްވިޔަސް ރަންގަޅެއް ނުވާނެއެވެ.

Thursday, April 1, 2010

އަޅިގަނޑުގެ ތަސައްވުރު.....


އަޅިގަނޑުގެ ތަސައްވުރު.....

މިއީ ދިވެހި މުސްލިމް ދަރިޔެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ތަސައްވުރެވެ. ތިމާވެށީގެ ބަފަޔަށް ފަހު އިންތިހާބުވި ޑިމޮކްރެސީގެ ބަފަޔާ އޭނާގެ އަނބިކަންބަލުން ހުރުމަށް އަޅުގަނޑު އެދެނީ މިހެންނެވެ.

ތިމާވެށީގެ ބަފާ ފަދަ އިސްލާމީ ތަޢުލީމު ހާސިލްކޮއްގެން ހުރި މީހަކު ކަމުގައި ނުވިނަމަވެސް، ދީނީ ޝީއާރުތަށް ފާޅުކޮށް ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިއްބަވާ ދުނިޔޭގެ މުސްލިމު ވެރިނަށް މިސާލެއްކަމުގައި ވެލެއްވުމުވެ. ވަރުގަދަ އިސްލާމީ ވެރިއެއް ފަދައިން މިސައްތައިން ސައްތަ އިސްލާމީ ގައުމާގެން ކުރިޔައް ވަޑައިގަތުމެވެ. ޑިމޮކްރެސީ ދިވެހި ގައުމަށް ގެންނަވަން މަސައްކަތް ކުރެއްވެވި ގޮތަށް އެފަދަ ހިއްވަރާއިއެކު އިސްލާމީ ރިވެތި އަޚުލާގާއި މަތިވެރި އުސޫލުތަށް ދެމެހެއްޓެވުމަށް މަސައްކަތްކުރެއްވުމެވެ.


ފޮޓޯއިން ޚަބަރު


ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖްލިސްގެ މެމްބަރަކާއި އެމަނިކުފާށނު އަލައް ތަޢާރަފު ކުރެއްވުމަށް މަސައްކައި ކުރައްވާ "މޮޑަރޭޓް" މުސްލިމުން އަންހެނުންގެ މޮޑެލް އެކެވެ.

މިއީ ހަމަ ޝަހާދަތް ކިޔައިގެން ތިބި މުސްލިމުންނެވެ. ނަމަވެސް އަސްލު މުސްލިމުނާ ހުރިތަފާތަކީ ISO ގެ މިންގަޑުތަކަށް ފެތިފައި EU ސްޑޭންޑާރޑްއެވެ. މިއީ މިނިވަން އަންހެނުން ތިބެންވާގޮތް ކަމަށް އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވެލައްވާ ވެރިކަން ކުރާ ޕާރްޓީން ވިދާޅުވެއެވެ. މިއީ ދިވެހި ރާއްޖެ ތަރައްގީވެ ދިވެހި ރާއްޖޭގެ "އިކޮނޮމިކްސް" ކުރިއަރާނީ އަންހެން ބޭފުޅުން ވީހާވެސް "މޮޑަރޭޓް" ކާބަފައިންގެ ބަހުރުވައިން ނަމަ ބަރަހަނާކޮށް ތިބުމުންނެވެ.

މަޖްލިސްގެ މެމްބަރު މާފްކުރައްވާ ޢިއްޒައްތެރި މެމްބަރު ވިދާޅުވާގޮތުގައި "މޮޑްރޭޓް" މުސްލިމް އަންހެނުންގެ ހައްގުތަށް އަސްލު މުސްލިމުންގެ ހައްގުތަކާ އަޅާބަލާއިރު ގިނަވެފައި ފުރިހަމަވާނެއެވެ. އޭގެ ތެރޭގައި

1- ހިލޭ ފިރިހެނުން ކުރިމަތީ ބަރަހަނާކޮއް ތިބުމުގެ ހައްގު.

2- ހިތުގަ ބަލިކަށިކަން ހުރި ފިރިހެނުން ލެނބުމުގެ ހައްގު

3- ހިޔަޅުފަދަ ނުލަފާ ފިރިހެނުންގެ ޝިކާރަޔަކަށް ވުމުގެ ހައްގު

4- އިއްފަތްތެރިކަމުގެ ކެޓަގަރީން ބޭރުވުމުގެ ހައްގު

5- ޒިނޭ ކުރުމުގެ ހައްގާއި

6- އެއް ޖިންސުން ގުޅުން ހިނގުމުގެ ހައްގު

7- މަޖްލިސް މެމްބަރުން ފަދަ ފައިސާއާއި ނުފޫޒުގަދަ ބޭފުޅުންގެ އޮފީސްތަކުގައު މަސައްކަތް ކުރާއިރު އިއްފަތްތެރިކަން ފޭރިގަނެވުމުގެ ހައްގެވެ.

އަދި މިނޫން ވެސް އެތަކެއް ގިނަ ހައްގުތަކެއް "މޮޑްރޭޓް" މުސްލިމް އަންހެނުނަށް ލިބިދެވޭނެކަން ގާނޫނު ހަދާ މަޖްލިސްގެ މެމްބަރު ވަނީ ކަށަވަރު ކޮއްދެއްވާފައެވެ.