Monday, March 29, 2010

މާޒީން ފިލާވަޅު ލިބިގަންނަވާ



ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޞިލް މުހަންމަދު ނަޝީދަށް
ވެދުން ސަލާމާއި ހެޔޮދުޢާ އަރިސް ކުރުމަށް ފަހު ދަންނަވަމެވެ.
ދިވެހި ދައުލަތުގެ ސިންގާ ސަނާގައި ރެދަލި ކުރެއްވިފައި މަނިކުފާނު ތިޔަ އިންނަވަނީ އަރިހުގައި ތިއްބެވި ހަގުބޭފުޅުންނާއި ޖާޑީގަ ގެންގުޅުއްވާ ޒުވާން ކުދިން ކޮޅުގެ ހަމައެކަނި މަސައްކަތްޕުޅަކުން ނޫނެވެ. އަދި މަނިކުފާނުގެ ތަހްތުކޮޅު ގުޑުގުޑުލާތޯ ބައްލަވަ ބައްލަވާ ހުންނެވި ހަނދޭގިރީގެ ހަމައެކަނި މަސައްކަތްޕުޅަކުން ވެސް ނޫނެވެ. މަނިކުފާނު ކަންފަތް ދޮށުގައި ވަސްވާސް ދީހަދަމުން ދުންމުޖުމަރާ އަޅަމުން ތަވާފުކުރައްވާ މާރިޔާއާއި މޫސާ މަނިކުގެ ހަމައެކަނި މަސައްކަތްޕުޅަކުން ވެސް ނޫނެވެ. ތިޔަ ފަތްކޮޅު ހިތްޕަވައިގެން ހުނެވި އަހުމަދު މޫސާގެ މަސައްކަތްޕުޅަކުން ވެސް ނޫނެވެ.
މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަނިކުފާނުގެ ކުރިން ތަހްތުގައި އިންނެވި ބޭފުޅާވެސް އަރިސް ބޭކަލުން ރުއްސަން ކުރެއްވި މަސައްކަތްޕުޅުން ހަލާކުވެ ދިޔައީއެވެ. މަނިކުފާނު ވިދާޅުވެވޭ އެއްޗެއް ނޭންގޭ ހާލު ތަހްތަށް ފޫހަރުއްވައިގެން އިންނަވާ ކޯއްޓޭގައި ހުރި ދުންމާރިހެން އަނގަ ފުޅާކުރަށްވައި ތިޔަ އަޗާ ތަޅުއްވަނީ ހޭފުޅު ހުންނަވައިގެންނަކުން ނޫނެވެ. މަނިކުފާނު ދިވެހި ރައްޔިތުންނަކީ ގުންބޯލިން ކަމަށް ބައްލަވާން ފަށާހިންދުން ރައްޔިތުން މަނިކުފާނު ކޮއިލުކޮޅުން ބޭރުކުރާނެއެވެ. އެދުވަހުން އަޅުގަންޑުމެން ފަދަ މަނިކުފާނުގެ ވެރިކަމާ އާރާއި ބާރު ގެންނަން މަސައްކަތްކުރި މީހުން ވަރަށް ދެރަވާނެއެވެ. އެކަމަކު އެދުވަހަކުން ތިޔަ ރަދުންގެ ހަށިކޮޅު ސަލާމަތް ކޮއްދެވޭނެ ގޮތެއް މިނިކަމެތި ރައްޔިތުންގެ ކިބަޔަކު ނުހުންނާނެއެވެ.
ދިވެހި ރާއްޖޭގެ ކޮއިލު ކޮޅުގައި ކުރިން ގެންގުޅުއްވި ހަވަރު ތުންފުހި އަނީސާ ފަދައިން މިއަދު މާރިޔާ އަހުމަދު ދީދީ ގެންގުޅުއްވާ އެކަމަނާގެ ކުރީގެ ލޯބިވެރިޔާ ރުއްސަން މަސައްކަތްކުރައްވާ މަނިކުފާނާއެކު މަކުނު ބަލީގައި ދުވަސް ކޮޅެއް ހޭދަކުރެއްވި އަހުމަދު މޫސާގެ ފިކުރު ދިވެހި ރައްޔިތުންނަށް އަންގަވައި ދެއްވާ ޝަރަބު ބައްލަވާއިރު އަރިސްކޮއް ތިއްބަވާ ހަގުބޭކަލުން ބޭނުން ހާގޮތެއް ހެއްދެވިއްޖެ ނޫންތޯއެވެ.
ވީމާ ނުހަނު އާދޭހާއި އެކު ދަންނަވަމެވެ. މިދިވެހި ގައުމުގެ ސިންގާ ސަނާ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ފުރިހަމަކުރަށްވައި ހެޔޮ ވެރިކަމަކަށް ފަހު ތަހްތުން ފައިބާންނަވާށެވެ. ތަހްތަކީ އުސް އެއްޗެކެވެ. ވެއްޓި ޖެހޭއިރު ނުލާހިކު ދަދުވާނެއެވެ.
އިހްތިރާމް ގަބޫލު ކުރެއްވުން އެދެން
12 ރަބީޢުލް އާޚިރް 1431
28 މާރޗް 2010
އަލް މުހްލިސް

މުހަންމަދު

No comments:

Post a Comment