Tuesday, March 30, 2010

ސުމުއްވުލް ރަޢީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދޮށިމޭނާ ކިލެގެފާނަށް



ސުމުއްވުލް ރަޢީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދޮށިމޭނާ ކިލެގެފާނަށް

ވެދުން ސަލާމާއި ހެޔިދުޢާ ތަހުނިޔާ ކުރުނީސް ކުރަމުން ދަންނަވަން

ސުމުއްވުލް ރަޢީސްލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދޮށިމޭނާ ކިލެގެފާނުން، މިދިވެހި ދައުލަތް ގަންނަންވެގެން ނީލަން ބާޒާރަށް ހާޞިރުވެތިބި ބޭރުގައުމުތަކުގެ ވަފުދުތަކަށް ދެއްވި ޚިތާބުގައި، ހިޖުރީ ސަނަތުން ސާދަސަތޭކަ ނުވަވަނަ އަހަރުގައި މިދިވެހި ރާއްޖޭގައި ވިއްކި ކުޑަކުދިން ނުރޯ ބޭސް "އަފިހުން" ބައްލަވައިގެންތޯ ތަގުރީރު ކުރެއްވީ؟ މަނިކުފާނުގެ ބަސްމޮށުން ތެރިކަމާ ބަލާޣާތްތެރިކަމުން އަޅުގަނޑުމެން ފަދަ ތިރިގޮންޑީގައި އިށީންނަށް ރައްޔިތުންނަށް ދޭހަވީ ރަދުން މަތިވެރި އިސްލާމް ދީނަށާއި މިދިވެހި ދައުލަތުގެ ޤާނޫނު އަސާސީއަށް ގޮންޖައްސަވާ އަރިހުގައި ތިއްބެވި ބައްތިރީސް ހަޔޫދީ ހިބުރުންގެ ބަހައް ދީލާލިހެންނެވެ. މިފަހަކަށް އައިސް ދުރަނެ ފަދައިން ނުވަތަ ރުނޑި ފަދައިން ނަޖިސްތަކު ތެރޭ ހޭވި ހޭވި ތަޔަ އުޅުއްވާ ގޮތަކުން ދައުލަތުގެ ނަމާ ރައްޔިތުނަށް އޮތް ބުޑުހުތުރެއްގެ ސަބަބުން މިވާހަކަ ހިއްސާ ކޮއްލާނަމޭ ހިތަށް އެރީއެވެ.

ރަދުން ތިޔަ މަރު ދެއްވަނީ މަނިކުފާނު ހަލާކުރާނެ ބަޔަކުގެ ބަސް މީސްތަކުންނަށް އައްވާށެވެ. ދީނޭކިޔައިގެން ރަދުން ހަޅި ބުދެއްހެން ހަދައިގެން ރައްޔިތުންގެ ކުރިމަތީ އަގުވައްޓާލަންވެގެން އެބަލަކު އެބައުޅެއެވެ. މަރިޔަމް އޮމަދީ ފަދަ ތާކުން ތާކު ނުޖެހޭ ކަނަތަކާ އަމިއްލަ އަނބިމީހާ މޫނުގަ ޖެހިޖެހީނުން ހޭނައްތާލި ހާފިޒު ޒަކީ ފަދަ މެކުނުން ލައިގެން ރަދުންގެ ކިއްލާ ތިޔަހުރެގެން ރެނދުލަނީއެވެ. ޝަރާބުގެ އެކުވެރި މޫސާމަނިކު މަނިކުފާނުގެ ތަހްތުގެ އަގުވައްޓާލަން ވެގެން ދީނޭ މަޑިސީލައޭ އަންހެނުނޭ ބުނާއިރު، އޭނާގެ ވަލީ އަހުދަކަށް ހުރި ފިރިހެން ދަރި މުދްރިކަތު މަނިކުފާނުގެ ރައްޔިތުންގެ ތެރެއިން މީހެއްގެ ޅައަންހެން ކުއްޖެއްގެ ޢިއްފަތްތެރިކަން ދުއްވާލިއިރު އަންހެނުންގެ ހައްގުތަށް ބާވާނުލައްވައެވެ.

ރަދުންނަށް މިދިން ނަސޭހަތް ގަބޫލުފުޅު ކުރެއްވާނެކަމުގެ އުންމީދުގައި މަދަހަ ސަނާއާއި ހެޔޮ ދުޢާ އަރިސް ކުރަމުން ވަކިވެލީމެވެ.

އިހްތިރާމް ގަބޫލްކުރެއްވުން އެދި ސަލާންޖަހަން

14 ރަބީއުލް އާޚިރް 1431

30 މާރޗް 2010

އަލް ފަގީރު

މުހަންމަދު ޢަލީ

ނޯޓް: މިލިޔުމުގައިވާ ދުރަނުގެ މާނަޔަކީ: ފުރަގަސް ފަރާތު ވޮއްޓެވެ. އަދި ރުނޑީގެ މާނައަކީ ދުރަނުކައިރީ ފަޅާ އިސްތައްޓެވެ. ބޮޑުކަމު ދާއިރު ނަޖިސް ދާނީ މިއިސްތަށިތަކުގައި ހޭކިފައެވެ. އހ

0 comments:

Post a Comment